ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ބަނގުރާ ވިއްކަމުންދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފި

43

ބަނގުރާ ގެންގުޅެ އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އަނީސުއްރަޙްމާން (23އ) އާއި އެމް.ޑީ ރޯމާން މިއާ (38އ) އެމް.ޑީ ކަމާލް މިއާ (42އ) އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން އިއްޔެ ހިންގި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 ގެ ރަށު މާރުކެޓް ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 37 ފުޅި ބަނގުރާ ފެނުމާ ގުޅިގެން ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން އެ ތިންމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިންމީހުން ވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ބަނގުރަލުގެ މައްސަލަފުލުހުންމި ލިޔުމާ ގުޅޭ މަސްތުވާތަކެއްޗާއެކު ބާރަށުން މީހަކު ހައްޔަރުކޮށްފި41 މިނެޓު ކުރިން މަކުނުދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި1 ގަޑިއިރު ކުރިން މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފި1 ގަޑިއިރު ކުރިން

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

މާފަންނު ގެއަކުން ވެއްޓުނު މީހަކަށް ފަރުވާދެނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ބާރަށުން މީހަކު ހައްޔަރުކޮށްފި

43

މީހެއްގެ ހަށިގަނޑަށް ގެއްލުންދިން މީހަކު ހޯދަނީ