ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިބްރޭ ގަޕޯއަށް: ތިޔަހުރީ ރަނގަޅަށް މޮޔަވެފައި!

988

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ) ހުރީ ”ރަނގަޅަށް މޮޔަވެފައި” ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ކަމުގެ މަގާމުން ވަކިކުރެއްވި އިބްރާހީމް ވަހީދު (އިބްރޭ) ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި އިބްރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އޭނާ ވިދާޅުވީ “ގަޕޯ ރަނގަޅަށް މޮޔަވެއްޖެ” ކަމަށެވެ.

މިދިޔަ އެމްޑީޕީގެ ވެރިކަން ނިމުނުއިރު، އިބްރޭ އަކީ ރައީސް އޮފީހުގެ މިނިސްޓަރެކެވެ. އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކާމާއި އެންސްޕާގެ ޗެއާމާން ކަމުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

އިބްރޭ އަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ފެކްޝަންގެ ބޭފުޅެކެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ފައްޔާޒްގެ ފެކްޝަނާ ދެމެދު ހޫނު ޒުވާބުތަކެއް އަންނަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އެމްޑީޕީގެ ޗެއާފާސަންގެ ނައިބު އިބުރޭ ވެސް މަގާމުން ވަކިކޮށްފި