ފެނަކަ ކޯޕަރޭޝަންގެ އިތުރު ދެ ވެރިޔަކު މިއަދު މަގާމުން ވަކިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދު އާއި ޗީފް ރިސޯސް އޮފިސަރު (ސީއާރުއޯ) އަބްދުﷲ ސަނޫން ވަނީ މިއަދު މަގާމުން ވަކިކޮށްފައެވެ.
ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް ވަނީ މިއަދު އިސްތިއުފާދެއްވާފައެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އިއްޔެ ވަނީ މަގާމުން ވަކިކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަން ހިންގުމާ މިހާރު ހަވާލުވެ ހުންނެވީ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ތައުފީގެވެ.
ކިޔުންތެރިންގެ ހިޔާލު