ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަނޑުވެރިކަމުގެ ދާއިރާގެ ކުރިއެރުވުމަށް ޒުވާނުންގެ ޚިޔާލާއި ހަކަތަ މުހިންމު: މާރިޔާ

Screenshot 2026 04 07

ދަނޑުވެރިކަމާއި ކާނާ އުފެއްދުމުގެ ދާއިރާ ކުރިއެރުވުމަށް ޒުވާނުންގެ ހިޔާލާއި ހަކަތަ ވަރަށް މުހިންމުކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ،  ޞިއްޙަތު ރަނގަޅު ދިރިއުޅުމެއް ބިނާވަނީ ސައިންސަށް ބިނާވެ، ހެކިތަކަށް ތަބާވެ ކުރާ މަސައްކަތުން ކަމަށެވެ. އަދި ދިވެހި ޒުވާނުންގެ ޙިއްސާ އެކަމުގައި ވަރަށް މުހިންމު ކަމަށާއި، ދަނޑުވެރިކަމާއި ކާނާ އުފެއްދުމުގެ ދާއިރާ ކުރިއެރުވުމަށް ޒުވާނުންގެ ޚިޔާލާއި ހަކަތަ ބޭނުންވާ ކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއިން ކަނޑައަޅާފައިވާ ޝިއާރަކީ “ޞިއްޙަތަށްޓަކައި އެކުގައި ސައިންސާއެކު ސާބިތުވެ ތިބެމާ”އެވެ.

ކެމްޕޭނުގެ ދަށުން އިންސާނުންނާއި، ދިރޭތަކެއްޗާއި، ތިމާވެށީގެ ޞިއްޙަތު ރައްކާތެރި ކުރުމަށް ސައިންސްގެ އަލީގައި ގުޅިގެން މަސައްކަތް ކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމަކަށް ވަޒީރު ގޮވާލެއްވިއެވެ. އަދި  ދިވެހި ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ނުކުތުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

ޞިއްޙީ ފިޔަވަޅުތައް އެޅުމުގައި، ސައިންސާއި ހެއްކަށް ބިނާކޮށް ގޮތް ނިންމުން މުހިންމު: ރައީސް

117

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ޒުވާން ދަނޑުވެރިޔާގެ އެހީތެރިކަން ހޯދަނީ

112

ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ. އަތޮޅުގެ ހަތަރު ރަށަކަށް ގަސް ފޮނުވައިފި

112

ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ޚާއްސަކޮށް ލޯނުގެ ފުރުސަތު ހުޅުވާލައިފި