ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްބާހު އަލީ ނަސީރު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
އެނގިފައިވާގޮތުގައި އަސްބާހު އެ މަގާމުން ވަކިކުރަން ނިންމީ އެޗްޑީސީގެ ބޯޑުންނެވެ.
އަސްބާހު ވަނީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ ޑީއެމްޑީގެ މަގާމު ވެސް އަދާކޮށްފައެވެ. އޭނާ އެޗްޑީސީއަށް ބަދަލުވީ އަލީ ޒުހައިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ފަހުންނެވެ.
މީގެއިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު