ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރު ދިވެހި ޙައްޖާޖީން ފުރަން ފަށާނީ މޭ 15 ގައި

Hajju 2048x1365

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ފުރާ މީހުންގެ ދަތުރުތައް އަންނަ މޭ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.

ދިވެހި ޙައްޖާޖީން ސައުދީ އަރަބިއްޔާއަށް ދިއުމަށް ޖުމްލަ ހަތަރު ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މޭ 15 ވަނަ ދުވަހު ފުރާ ފުރަތަމަ ފްލައިޓުގައި 242 މީހުން ދަތުރުކުރާއިރު، މޭ 17 ގައި އޮންނަ ދެވަނަ ފްލައިޓުގައި 250 މީހުން ފުރާނެއެވެ. އަދި މޭ 18 ވަނަ ދުވަހުގެ ތިންވަނަ ފްލައިޓުގައި 243 މީހުން ދަތުރުކުރާއިރު، ފަހު ފްލައިޓް އޮންނާނީ މޭ 19 ގައެވެ. އެ ފްލައިޓުގައި 250 މީހުން ފުރާނެއެވެ. މީގެ ތެރެއިން މޭ 15 އަދި 18 ގެ ދަތުރުތައް ސައުދިއާ އެއަރލައިންގައި ކުރަން ހަމަޖެހިފައިވާއިރު، މޭ 17 އަދި 19 ގެ ދަތުރުތައް ކުރާނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ދިވެހިން އެނބުރި ރާއްޖެ އަންނަން ފަށާނީ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އެނބުރި އައުމަށްވެސް ހަތަރު ފްލައިޓެއް ބާއްވާއިރު، އެންމެ ފަހު ގްރޫޕް އަންނާނީ ޖޫން 9 ގައެވެ. މީގެ އިތުރުން ޙައްޖުގެ އެންމެހާ ކަންކަން އިންތިޒާމުކުރުމަށް ދިވެހި ޙައްޖު މިޝަން މޭ 4 ވަނަ ދުވަހު ސައުދީއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު 1،000 ކޯޓާ ލިބޭއިރު (މީގެ ތެރޭގައި އެހީތެރިންވެސް ހިމެނޭގޮތަށް)، މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ސައުދިއާގައި ގެންދިއުމަށް ހަމަޖެހުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖިއްދާގައި ބޭއްވި ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ގެ ތެރެއިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހަކީ މޭ މަހުގެ 26 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dharavandhoo

ދަރަވަންދޫ އެއަރޕޯޓުގެ އައު ޓަރމިނަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

MD Shakeel

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މިހާތަނަށް ދެކޮޅު ހަދާފައިވަނީ ހަމައެކަނި އެމްޑީޕީން: ޝަކީލް

Ui

ދިވެހި ހައްޖާޖީން ތިބުމަށް ހަމަޖެހިފައިވާ މިނާ ޓެންޓުތަކުގައި 60 ފާހާނާ ބަހައްޓަނީ

Maldivian

ޖުލައި މަހުގެ ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއް ތައާރަފްކޮށްފި