ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާނުގެ ހާދިސާގައި ގެއްލުންވި ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔެވުން ފަށަން ތައްޔާރުވެއްޖެ

43

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާ މެޝިނަރީ އާއި ފޮތްތަކާއެކު އަންގާރަ ދުވަހު އާންމު އުސޫލުން ކިޔެވުން ފެށުމަށް އެ ސްކޫލުން ތައްޔާރުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ދަންވަރު 12:15 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމްގެ އިތުރުން ސްމާޓް ކްލާސްރޫމެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ސްކޫލުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ މެޝިނަރީ އާއި، ލެޕްޓޮޕް އަދި ދަރިވަރުންގެ ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ސްކޫލުގައި ހުރި ޖާގަ ބޭނުންކޮށްގެން، ކުރިން ބޭނުންކުރި ރިސޯސް އިމާރާތުގައި ސްޓާފް ރޫމާއި ޕްރިންޓިން ރޫމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށާއި، މީގެ ސަބަބުން ޓީޗަރުންނަށް އިތުރު ބުރައެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލުގެ ޕްރިންސިޕަލް ތަމްޙީދު ތުއްތު ވިދާޅުވީ، ކްލާސްރޫމްތަކުގެ ޖާގައަށް އެއްވެސް ދައްޗެއް ނެތް ކަމަށާއި، ޕްރިންޓިން ރޫމަށް ބޭނުންވާ ސާމާނު އެންމެ އަވަހަށް ރަށަށް އަންނަ ބޯޓުން ލިބޭނެ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ބައެއް ޓީޗަރުންގެ ލެޕްޓޮޕްތަކާއި ކިޔަވައިދޭން ބޭނުންކުރާ ސޮފްޓް ފައިލްތައް ގެއްލުނު ނަމަވެސް، މިހާރު ޓީޗަރުންނަށް ބޭނުންވާ ލެޕްޓޮޕާއި ލީޑިން ޓީޗަރުންނަށް އާ ސިސްޓަމްތައް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހުރިހާ އިންތިޒާމުތަކަކާއެކު، އަންގާރަ ދުވަހު ސްކޫލު ހުޅުވައި، ދަރިވަރުންގެ ކިޔެވުން އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އަޑިއަށްދިޔަ އުދަރެސް ބޯޓުގައި، ރޯވި ގއ. އަތޮޅު ތައުލީމީ މަރުކަޒަށް ބޭނުންވާ އަގުބޮޑެތި ސާމާނު ހުރި!