މިހާތަނަށް ވޯޓުލުމުގެ ހައްގު ލިބިގފައިވާ މީހުންގެ %62 މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ 4 ޖެހުމާއި ހަމައަށް ވޯޓުލުމުގެ ޙައްގު ލިބިގެންދާ 62.98 އިންސައްތަ މީހުން ވޯޓު ލާފައިވާކަމަށާއި، އެއީ 185،709 މިހުންކަމަށެވެ.
މިހާތަނަށް ވޯޓުލި މީހުންގެ ތެރޭގައި 92،567 އަންހެނުންނާއި 93،142 ފިރިހެނުން ހިމެނެއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. މިހާތަނަށް ވޯޓުނުލަނީ 109،167 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެއީ ޖުމްލަ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ %37.02 މީހުންނެވެ.
މިއަދު ކުރިއަށްދާ 3 އިންތިޚާބަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލު