ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލިދޫ މޫދުގައި އޮޔާދިޔަ ދެ ދަރިން ސަލާމަތްކުރި ބައްޕަ ނިޔާވެއްޖެ

ވ. ފުލިދޫގައި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ ކުދިން ސަލާމަތްކުރި، އެ ދެ ކުދިންގެ ބައްޕަގެ ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލިދޫގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު އޮޔާދިޔުމުން އެ ކުދިން ސަލާމަތް ކުރި މީހެއްގެ ހާލު ދެރަވެގެން އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:10 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ނިޔާވީ ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވި މީހާއަކީ އޮޔާދިޔަ ދެ ކުދިންގެ ބައްޕަ ކަމަށްވެސް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.

މި ހާދިސާގައި ސަލާމަތްކުރި ދެ ކުދިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލިދޫ ސިއްހީމަރުކަޒާއި ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

6 ރަށެއްގެ ސިއްޙީ މަރުކަޒުގެ އައު ޢިމާރާތްތަކުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފި