ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޅުގަނޑުމެންނަށް އިތުބާރުކޮށްފައިދޭ ވޯޓަކީ ރައްޔިތުން މާޔޫސްވާނެ ވޯޓަކަށް ނުވާނެ: ރައީސް

DSC

ސަރުކާރަށް އިތުބާރުކޮށްފައި މާދަމާ ރައްޔިތުން ދެއްވާ ވޯޓަކީ ރައްޔިތުން މާޔޫސްވާނެ ވޯޓަކަށް ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިން ނިންމުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ ސަރުކާރުން ކުރީ ސަރުކާރުގެ ދަރަނި އަދާކޮށްފައިވާނީ އެކަމަށްވެސް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ، އެމަނިފާނު ޤައުމާ ޙަވާލުވިއިރު ޤައުމު އޮތް ހާލަތު ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ. އިޤްތިޞާދު ނާޒުކު ފައްތަރެއްގައި އޮއްވައި އެމަނިކުފާނު މިހާހިސާބަށް ވަޑައިގެންނެވީ އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕުނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ވެރިކަމުގައި ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏަކީ އަދާކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތި ނެގި ދަރަންޏެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަދު އެ ސުކޫކު އަނބުރާ ދެއްކީ، ރައްޔިތުންނަށް ލިބޭ އިނާޔަތެއް އުނިނުކޮށް، ފައިސާ ޗާޕުނުކޮށް އަދި ޤައުމުގެ ރިޒާވް ރެކޯޑް އަދަދެއްގައި ބަހައްޓައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްވެސް ހުރީ ރަހުނުކޮށްފައި. އެތަންވެސް އެވަނީ އިރާދަކުރެއްވިއްޔާ މިނިވަންވެފައި. އައިޖީއެމްއެޗް އޮތީ މި ސުކޫކާ ގުޅުވާފައި ރަހުނުކޮށްފައި. އެތަންވެސް އެވަނީ މިނިވަންކޮށްފައި. ފިނޭންސް މިނިސްޓްރީގެ އިމާރާްވެސް އޮތީ ރަހުނުކޮށްފައި. އެތަންވެސް މިނިވަންވެއްޖެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޤައުމާމެދު އެއްވެސް ވިސްނުމެއް ނެތްބަޔަކު ޤައުމަށްވާނެހާގޮތެއް ހަދާލާފަ ދޫކޮށްލާފަ ދިޔައީކަމަށެވެ. ނަމަވެސް އެކަމުން ސަލާމަތްކޮށް މިކަން ކޮށްފައިި މިނިންމީ އިތުރު އެއްވެސް ދަރަންޏެއް ރައްޔިތުންގެ ބޮލުގައި ނާރުވައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތިބޭފުޅުން އަޅުގަނޑުމެންނަށް އިތުބާރުކޮށްފައިދެއްވާ ވޯޓު ވެގެންދާނީ ތިބޭފުޅުން ފަޚުރުވެރިވާ ވޯޓަކަށް. އޭގެ ނަތީޖާ އަޅުގަނޑުމެން ނެރެދޭނެ ވޯޓަކަށް. ރައްޔިތުން ތެރެއިން އެއްވެސް ބޭފުޅަކު މާޔޫސްވެގެންދާނެ ވޯޓަކަށް އެ ވޯޓު ނުވާނެ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr Rameela

ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤަށް ހުރަސް އެޅޭނެކަމެއް ނުކުރުމަށް ގޮވާލައިފި

DSC

އެތައް ހާސް ބަޔަކާއެކު ޕީއެންސީގެ “ރައްޔިތުންގެ ބޮޑު ހިނގާލުން” ކުރިއަށް

Election

ހޮނިހިރު ދުވަހު ބާއްވާ 3 އިންތިޚާބަށް 888,845 ވޯޓު ކަރުދާސް

439097 3 11254a042bed060801d6ab6131137c6115a9b06d

ވިލިނގިލީ އެމްޑީޕީ ކެންޑިޑޭޓުންނާ ދެކޮޅަށް ކެމްޕެއިންކުރާތީ އެދާއިރާގެ ނައިބު ރައީސް ސަސްޕެންޑުކޮށްފި