ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން އިންސާފުވެރިކަން ކަށަވަރުވޭ

Election

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާއިރު، އެންމެ ފުރަތަމަވެސް ކުރަންވީ ސުވާލަކީ މިއީ ކީއްކުރަން ނަގާ ވޯޓެއްތޯއެވެ. މި ވޯޓަކީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުން ދެެކޭ ގޮތް ބެލުމަށް ނަގާ ވޯޓެކެވެ.

މިގޮތަށް ބަދަލު ކުރަން ނުފެންނަ ކަމަށް ބުނާ ފަރާތްތައް މިކަމުގައި ފުރަތަމަ ސުވާލު އުފެއްދީ ވޯޓަށް އަހާ ސުވާލުގެ ސައްޚަ ކަމާއި މެދުއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ މި ވޯޓު ހުއްޓުވާނެ ޤާނޫނީ އަސާސެއް ނެތް ކަމަށެވެ.

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ދައްކަމުންދާ އެއް ވާހަކަ އަކީ އިންތިޚާބުތައް ގިނަވި ވަރަކަށް ރައްޔިތުން ގާތަށް ވެރިން ދާލެއް ގިނަ ވާނެ ކަމަށެވެ. ކަންކަން ކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ވަޢުދުވެ އެކަމެއް ކޮށްދޭން ޖެހެނީ އިންތިޚާބުތަކާއި ދިމާކޮށްތޯ މިއީ އުފެދޭ ސުވާލެކެވެ. ވެރިންނަށް ރައްޔިތުން ފެންނަން ޖެހެނީ ހަމައެކަނި އިންތިޚާބުތަކާއި ދިމާކޮށް ކަމަށްވާނަމަ، ސިޔާސީ ފަރާތްތަކުގެ އިޚްލާސްތެރިކަމާއި މެދު ސުވާލު ރައްޔިތުން އުފައްދާނެއެވެ. ނުރަނގަޅު ސިޔާސީ ސަޤާފަތަކަށް، ރައްޔިތުން ބާރު ދޭންވީތޯ ސުވާލު ކުރަންޖެހެއެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ދެ އިންތިޚާބު އެއްކޮށްލުން ނޫންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއ އަދި ސަރުކާރުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ. ރާއްޖޭގެ އެންމެ ގިނަ ބަޔަކު ވޯޓުލާން ނިކުންނަނީ ރިޔާސީ އިންތިޚާބަށެވެ. އެކުގައި އިންތިޚާބު ބޭއްވުމުން ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވެ، ރައްޔިތުންގެ ޚިޔާލު ތަމްސީލުވުމުގެ ފުރުސަތު ބޮޑުވެއެވެ.

މިހާރު އޮންނަ ނިޒާމުގެ ތެރެއިން ރައީސުލުޖުމްހޫރިއްޔާ ހުވާކުރާތާ 6 މަސް ނުވަނީ މަޖިލިސް އިންތިޚާބު ބޯމަތިވެ، ހޮވޭ ސަރުކާރުގެ ފޯކަސް ފުރަތަމަވެސް އެނބުރެނީ ބޮޑު އިންތިޚާބަކަށެވެ. ވޭތުވެ މަޖިލިސް 3 ދައުރުގެ މެޖޯރިޓީ ސަރުކާރުތަކުން މަސައްކަތްކޮށް ހޯދިއިރު، ވެރިކަމުގެ ފުރަތަމަ އަހަރުގެ ބޮޑު ބައެއް އެކަމަށް ހޭދަވެއެވެ.

“އަޅުގަނޑު ޤަބޫލުކުރަނީ “ސަރުކާރުގެ ކެންޑިޑޭޓް” މިގޮތަށް ވަކާލާތުކޮށް، ސަރުކާރު، ނޫނީ ވެރިކަންކުރާ ޕާޓީގެ ހިޔަލުގައި، ނިވަލުގައި، ނޫނިއްޔާ އެގޮތަށް ގޮސްގެން، ކެމްޕެއިން ކޮށްގެން ވޯޓު ހޯދަނީ. އެހެންވީމާ، އެކަމެއް ނެތި އިންތިޚާބު ބޭއްވުނީމަ ވަރަށް އީވެންލީ ޑިސްޓްރިބިއުޓެޑް ގޮތަކަށް މަޖިލީހަށް މެންބަރުން ހޮވޭނީ. ސުޕަރ މެޖޯރިޓީ، ނޫނިއްޔާ ވަރަށް ބޮޑަށް ވަކި ޕާޓީއެއްގެ މީހުން ގިނަވާގޮތަކަށް ނޫނޭ. ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރަށް މެޖޯރިޓީ ލިބުމަކީ ސަރުކަރުގެ މަސައްކަތްތައް ކުރުމަށް ފަސޭހަވާ ކަމަކެވެ. ނަމަވެސް ޗެކް އެންޑް ބެލެންސް ނިޒާމު ނުވަތަ ޖަވާބުދާރީ ކުރުވުމަށް މިއީ އެންމެ އެކަށީގެންވާ ގޮތެއް ނޫންކަން ޚުދު ރައީސުލްޖުމްހޫރިއްޔާ ވެސް ޤަބޫލުކުރައްވައެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ތަޞައްވުރު ކުރަނީ ސަރުކާރާއި އިދިކޮޅުވެސް ދާދި އެއްވަރަކަށް ތަމްސީލްވާ އެކުގައި މަސައްކަތްކޮށް ނަތީޖާ ނެރެވޭނެ މަޖިލީހެކެވެ.

“އެ މަޖިލީހަށް ހޮވޭ މެންބަރުންނަކީ ސަރުކާރަށް ނިސްބަތްވާ ޕާޓީ، އިދިކޮޅު ޕާޓީ، އަނެއް ޕާޓީތައް، ވީހާވެސް ގިނަ ޕާޓީއެއްގެ މެންބަރުން އެތަނުގައި އެކަށީގެންވާ އަދަދަކަށް ތިބޭ، އީވެންލީ ޑިސްޓްރިބިއުޓެޑް މަޖިލީހެއް އައިސްފިއްޔާ، އެ ފުރުޞަތު ވަރަށް ބޮޑަށް އެބަ ލިބެޔޭ. ވެރިކަން ކުރަން ހޮވެނީ، ރައްޔިތުން ހޮވާ ސަރުކާރަކީ، ކޮން ޕާޓީއެއްގެ ސަރުކާރެއްކަން ނޭނގި ތިބެ، މަޖިލީހަށްވެސް މެންބަރުން ހޮވިގެން ދިޔައީމަ. އެހެންވީމާ، ޗެކް އެންޑް ބެލެންސް ނިޒާމުން، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުޞަތު އިތުރުވޭ، ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ފުރުޞަތު ކުޑަގޮތަކަށް މަޖިލީހުގެ މެންބަރުން ހޮވީމަ ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް، މި ވޯޓުގެ މަޤްޞަދު ސާފެވެ. އިދިކޮޅުން މިއީ ސަރުކާރުން ފައިދާ ނަގަން ކުރާކަމެއް ކަމަށް ދެއްކިޔަސް، މި ވޯޓުގެ ސަބަބުން މިހާރު އޮންނަ ނިޒާމު ދޫކޮށްލުމުގެ ގެއްލުން ބޮޑަށް ލިބެނީ ފުރިހަމަ އާރާއި ބާރުގައި މިހާރު އޮތް ސަރުކާރަށެވެ. އެއީ ވެރިކަން ކުރާ ޕާޓީގެ މަޖިލިސް މެންބަރުންގެ ދައުރު 6 މަސް ދުވަހުން ކުރުކުރަން ޖެހުމުންނެވެ.

މި ވޯޓު މާދަމާ ނަގާއިރު އެނގޭ ކަމަކީ މިއީ ނިޒާމީ ގޮތުން ގެނެވޭނެ މުހިންމު އިސްލާހެއް ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election

ހޮނިހިރު ދުވަހު ބާއްވާ 3 އިންތިޚާބަށް 888,845 ވޯޓު ކަރުދާސް

election commision

ވޯޓުގެ ސިއްރުކަން ކަށަވަރުވާނެ، ވަކި ގޮތަކަށް ވޯޓުލާން އޮފިޝަލުން ނާންގާނެ: އީސީ

election commission

ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަށް މާލެ އަތޮޅު ނޫން ހުރިހާ އަތޮޅަކަށް ވޯޓު ފޮށިތައް ފޮނުވައިފި

Election commission

ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވަން ފަށައިފި