މާދަމާ ބާއްވާ އިންތިޚާބުގެ ކުރިން ކެމްޕެއިން ނިންމުމަށް ކޮންގްރެސް ޕާޓިން ބާއްވާ ބޮޑު ހިނގާލުން އެތައް ހާސް ބަޔަކާއެކު ފަށައިގެން ކުރިއަށްއެބަދެއެވެ.

“ރައްޔިތުންގެ ބޮޑު ހިނގާލުން” ނަމުގައި ކުރިއަށްގެންދާ މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި ދައުލަތުގެ ވަޒީރުންނާއިި، އިސް ބޭފުޅުންގެ އިތުރުން އެތައް ހާސް ޢާންމުންނެއްވެސް ދަނީ ބައިވެރިވަމުންނެވެ.

މާދަމާ އޮންނަ އިންތިޚާބުގައި ތިން ކަމަކަށް ވޯޓު ނަގާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމުގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލު