ރޭސިން ޓްރެކް އެޅުމަށް ހަމަޖެހިފައިވާ ބިން ހިއްކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ތައްޔާރުވެއްޖެއެވެ.
މާލެއާއި ހުޅުމާލެ ހައިވޭ ބޭރުން ރޭސިން ޓްރެކް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް މޯބައިލައިޒް ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެމްއޭސީއެލުން ވިދާޅުވީ މި މަޝްރޫޢުގެ ދަށޫން ގާތްގަނޑަކަށް 2 ކިލޯ މީޓަރުގެ ސަރަހައްދެއް ހިއްކާނެކަމަށެވެ.
ރޭސިން ޓްރެކެއް އެޅުމަކީ ރައީސްގެ ވަޢުދެކެވެ. ރައީސް ވިދާޅުވީ ބުރިޖާއި ގުޅޭ ހައިވޭގެ ބޭރުން އެ ބިން ހިންކުމުގެ ޢަމަލީ މަސައްކަތް ފައްޓަވަން ނިންމަފާއިވާއިރު މިއީ ބައިނަލްއަޤުވާމީ ރޭސިން މުބާރާތްތައް ބޭއްވޭ ގޮތައް ތަރައްޤީކުރައްވާނެ ޓްރެކެއް ކަމަށެވެ.
ރޭސިންއާއި ޑްރިފްޓިންއާއި ދެ ސްޕޯޓްސްއަށް ބޭނުންވާ އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭނެ ޓްރެކެއް މި ހަދަނީ. މީ ހައިވޭގެ ބޭރުން ތޮއްޓެއްލާފަ ސެކިއުއާ ކޮށްފައި ބިންހިއްކާފަ އެތަނުގައި މި ހަދަނީ. މި ކިޔަނީ ހުޅުމާލެއަށް ދާ ހައިވޭ.
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ފައިސާ ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެމަސައްކަތް ކުރިޔަށް ގެންދާނެކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢަކީ ޒުވާނުންނަށް ހާއްސަކޮށް ކުޅިވަރަށް ހަމަޖައްސައިދޭ ވަސީލަތެއް ކަމަށާއި، މިއީ އުފާވެރި ޕްރޮޖެކްޓަކަށް ވާނެ ކަމަށެވެ.
ބުރިޖާއި ގުޅިގެން އޮންނަ ހުޅުމާލެއަށް އެރޭ ހައިވޭގެ ބޭރުން މި ޓްރެކް އެޅުމަށް ހަމަޖެހިފައިވާއިރު، މިހާރު ޑްރިޕްޓިންގ ކޮމިއުނިޓީން އެކަން ކުރަނީ ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި އޮންނަ ބައެއް ބޮޑެތި މަގުތަކުގައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތަކުގައި ޑްރިފްޓިން އާއި ރޭސިންގެ އިވެންޓުތައް ބާއްވައެވެ.
އެކަމުގެ ސަބަބުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ދޭތެރެދޭ ތެރެއިން އެޗްޑީސީއަށްވެސް ހުށަހަޅައެވެ. އެހެންނަމަވެސް ރޭސިން އެސޯސިއޭޝަނާއި ޑްރިފްޓިން ކޮމިއުނިޓީން އެ ކުޅިވަރަށް ޚާއްސަ ވަސީލަތެއް ނެތުމުގެ ކަންބޮޑުވުން އެކި ސަރުކާރުތަކުގެ ކުޅިވަރު ވަޒީރުންނާއި ހިއްސާކުރައްވައިގެން މިހާތަނަށް އޮތީ ހައްލެއް ނުލިބިއެވެ.
ޒުވާނުންގެ މި ކަންބޮޑުވުމަށް އިޖާބަ ދެއްވާ ރައީސް ވަނީ މި ރޭސިން ޓްރެކްގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައްޓަވާނެކަން މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު