މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ އަދަދެއްގެ ވިޔަފާރިތަކުން، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ތާޢީދުކޮށް، އެމަނިކުފާނު އެންޑޯސް ކޮށްފިއެެވެ.
މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކުން މިއަދު ވަނީ މޫސާ ޢަލީ ޖަލީލާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މަންހަޓަންގައެވެ. މި ބައްދަލުވުމުގައި ވަނީ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް މޭޔަރު ކ ެންޑިޑޭޓާ ވިޔަފާރިވެރިން ހިއްސާކުރައްވާފައެވެ. އަދި މާލޭގައި ޕާކްކުރުމާއި މުދާ ގުދަންކުރުމުގައި ދިމާވާ ދަތިތައްވެސް ވަނީ މޭޔަރު ކެންޑިޑޭޓާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މޭޔަރު ކެންޑިޑޭޓު މޫސާ ޢަލީ ޖަލީލް ދެއްކެވި ވާހަކަފުޅުގައި ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ. އަދި ކަންބޮޑުވުންތަކަށް އެންމެ ފުރިހަމަ ގޮތުގައި ހައްލު ގެނެސްދެވޭނީ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކުގައިކަންވެސް ކެންޑިޑޭޓް ފާހަގަކުރެއްވިއެވެ. އަދި ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކަށް އެކަށޭނެ ހައްލެއް ހޯދައި ދިނުމަށް މުހިންމު ޕްލޭންތަކެއް ރާވާފައިވާކަން ފާހަގަކުރައްވައި ވިޔަފާރީގައި ޙަރަކާތްތެރިވާ އަދި ޙަރަކާތްތެރިވާން ބޭނުންވާ ޒުވާނުންނަށް ވެސް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް ޕްލޭންތަކެއް ރާވާފައިވާކަން އެމަނިކުފާނުު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާއާއެކު ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވިޔަފާރިތަކަށް ދެއްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު