ނިމިދިޔަ މާރިޗުަ މަހު 161،000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަމާރިޗުމަހު ވަނީ ރާއްޖެއަށް 161،259 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް 643،218 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %1 އިތުރު އަދަދެކެވެ.
މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާގޮތުގެ ތަފާސް ހިސާބުތައް:
- ޖަނަވަރީ: 227،403 ފަތުރުވެރިން
- ފެބުރުވަރީ: 254،556 ފަތުރުވެރިން
- މާރިޗު: 161،259 ފަތުރުވެރިން
މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައސްފައިވާ ޤައުމުތައް
- ޗައިނާ: 94،823 ފަތުރުވެރިން
- ރަޝިއާ: 79،326 ފަތުރުވެރިން
- އިނގިރޭސިވިލާތް: 61،162 ފަތުރުވެރިން
- އިޓަލީވިލާތް: 57،289 ފަތުރުވެރިން
- ޖަރުމަނުވިލާތް: 43،344 ފަތުރުވެރިން
މިދިޔަ އަހަރާއި އަޅާބަލާއިރު ޖެނުއަރީ މަހު އަދި ފެބުރުވަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން މާރިޗު މަހުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %68.8 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ގެސްޓްހައުސްތަކުގައި %26.1 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު