ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގައި ތެލާއި ގޭހުގެ އަގުތައް ބޮޑުވެ، ޕްރެޝަރަށްވެއްޓި އީރާނު ހަނގުރާމަ ހުއްޓާލާނެ ތާވަލް ޓްރަމްޕް އިއުލާންކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި:

އެމެރިކާގައި ތެލާއި ގޭހުގެ އަގުތައްވަނީ ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައިވެސް ނުދާވަރަށް މައްޗަށް ގޮސްފައެވެ. އިއްޔެ އެކަނިވެސް ތެލުގެ އަގުން 4 ޑޮލަރު ބޮޑުވެފައި ވެއެވެ. އަގުތައް ނުހިފެހެއްޓި މައްޗަށްދާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ދުނިޔޭގައި ތެލާއި ގޭހުގެ އަގުތައް އަތްނުފޯރާފަށަށް މަތިވެގެންދިޔައީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފަށާފައިވާ އުދުވާނީ ހަނގުރާމައިގެ ސަބަބުންނެވެ. އެހެންވެ، އެމެރިކާގެ އެތެރެއިންނާއި ބޭރުންވެސް ޓްރަމްޕަށް ވަރަށް ބޮޑެތި ޕްރެޝަރތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެމެރިކާގެ ބޮޑެތި ކުންފުނިތަކުންވެސް ޓްރަމްޕަށް ގެންދަނީ ޕްރެޝަރ ކުރަމުންނެވެ.

ވައިޓް ހައުސްގައި އަންގާރަ ދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، އަގުތައް ތިރިކުރަން ކުރާނީ ކޮން ކަމެއްތޯ ސުވާލު ކުރުމުން ޓްރަމްޕް ބުނީ، އޭނާ ކުރަންއޮތް ހުރިހާވެސް ކަމަކީ އީރާނު ދޫކޮށްލުން (ހަނގުރާމަ ހުއްޓާލުން) ކަމަށެވެ. އެކަން ވަރަށް އަވަހަށް ކުރާނޭ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާނަ ނިންމާލާނެ ކަމަށް ޓްރަމްޕް ބުނީ 2 ނުވަތަ 3 ހަފްތާ ތެރޭގައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށް އީރާނާ ވާހަކަ ދައްކަމުން ގެންދާކަމަށް ޓްރަމްޕް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، މިރޭގެ ޕްރެސް ކޮންފަރެންސްގައި ޓްރަމްޕް އީރާނާ ވާހަކަ ދައްކާ ވާހަކައެއް ނުބުނެއެވެ. ހަމައެކަނި ބުނީ، ހަނގުރާމަ ހުއްޓާލަން އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމެއް ހެދުންވެސް މިހާރު މުހިންމު ނޫން ކަމަށެވެ.

ޓްރަމްޕް ބުނީ، އީރާނުން އެމެރިކާއާ ވާހަކަ ދައްކަން މޭޒުދޮށަށް އަތުވެއްޖެއްޔާ އެއީ ރަނގަޅު ކަމަކަށް ވާނޭ ކަމަށާއި، އެކަމަކު މޭޒުދޮށަށް އައުމެއް އަދި ނައުމެއްވެސް މުހިންމު ނޫންކަމަށެވެ.

އީރާނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ ބަދަލުގައި އިތުރު ދޭއް ނުވަތަ ތިން ހަފްތާ ނަގަނީ ކޮން ކަމެއް ހާސިލްކުރަން ކަމެއް ނޭނގެއެވެ.

ޓްރަމްޕް މިރޭވެސް ބުނީ، އީރާނުގައި ކަނޑުގެ ލަޝްކަރެއް، ވައިގެ ލަޝްކަރެއް، އަސްކަރިއްޔާއެއް، މުއާސަލާތީ ނިޒާމެއް، އެންޓި އެއަރކްރާފްޓް ސިސްޓަމްތަކެއް ނެތް ކަމަށާއި، އީރާނުގައި ލީޑަރުންނެއްވެސް ނެތް ކަމަށެވެ.

ޓްރަމްޕް ބުނީ، އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި 15 ނުވަތަ 20 އަހަރުންނޫނީ އަލުން ބިނާ ނުކުރެވޭ ވަރަށް އީރާނު ހަލާކުކޮށްލާފައިވާ ކަމަށެވެ. އެމެރިކާއިން ބޭނުންވީ އީރާނަސް ލިބިފައިވާ ހުރިހާ ބާރުތަކެއް ނެތިކޮށްލުން ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

ހަނގުރާމަ ހުއްޓާލާފައި ދިއުމާ ގުޅޭގޮތުން ޓްރަމްޕް ދިން މެސެޖަކީ، އެމެރިކާ، ހަނގުރާމަ ހުއްޓާލައި، އީރާނު ދޫކޮށްފައިދާނީ “އީރާނު ހިލައިގެ ޒަމާނުގެ ތެރެއަށް ވައްދައި، ނިއުކްލިއަރ ހަތިޔާރު ނުއުފެއްދޭނެކަމުގެ އިހްސާސް” ކުރެވުމުން ކަމަށެވެ. މާނައަކީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ކޮށްލެވުނު ވަރު ކުޑަވެގެން އަދިވެސް ސުންނާފަތިކުރަން ހިފާފައިވާ ތިބި ކަމެވެ.

ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން އަދިވެސް ގެންދަނީ ސަރަހައްދަށް ހަތިޔާރާއި ސިފައިންގެ ލަޝްކަރުތައް ޖަމާކުރަމުންނެވެ. ޓްރަމްޕް ގެންދަނީ އީރާނަށް އެއްގަމުމަގުން އަރަން އެމެރިކާ ސިފައިންނަށް އެހީތެރިވުމަށް އެހެން ގައުމުތަކަށް ބިރުދައްކައި ޕްރެޝަރ ކުރަމުންނެވެ. ނޭޓޯއަށްވެސް ބިރުދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮންއަޅަމުންދިއުމާއެކުވެސް އީރާނުގެ ރައީސާއި ޚާރިޖީ ވަޒީރު ތެހެރާނުގެ މައިދާނެއްގައި އާންމުންނާއެކުގައި

އިސްފަހާނަށް ބަންކަރ ބަސްޓަރ ބޮންތައް އަޅާ ވީޑިއޯ ޓްރަމްޕް ޕޯސްޓްކުރުމުން އީރާނު އެމްބަސީން ވަރަށް ބޮޑަށް ފާޑުކިޔައިފި

އިސްފަހާން މަތިން އުދުހުނު އެމެރިކާގެ ދެ ޑްރޯން އީރާނުން ވައްޓާލައިފި

ނިއުކްލިއަރ ހުރިހާ ސާމާނެއް އެމެރިކާއާ ހަވާލުނުކޮށްފިނަމަ އީރާނު ގައުމެއްގެގޮތުގައި ނޯންނާނެ: ޓްރަމްޕް