ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑުއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓް ތެރެކުރުން: މަނީ ލޯންޑަރިންގެ ތުހުމަތުކޮށް މައްސަލަ ތަހުގީގުކުރަނީ

Mussss

އައްޑޫ ސިޓީއަށް ގަވާއިދާ ޚިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށުގެ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭތީ، ކަސްޓަމްސްއާ ގުޅިގެން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ލަފާދީފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހިތަދޫ ރީޖަނަލް ޕޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 15 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގަތް މައްސަލަ ތަހުގީގުކޮށް، ޑިއުޓީ ޕްރޮސެކިއުޝަނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ ބައި ތަހުގީގު ކުރުމަށް ލަފާދީފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގައި އަތުލައިގަތް ސިނގިރޭޓު ކޮންޓެއިނަރަކީ “ނެސޯ ހޯމް” ނަމަކަށް ކިޔާ ކުންފުންޏަކުން، އާންމު ވިޔަފާރި މުދަލުގެ ނަމުގައި އެތެރެކުރި ކޮންޓެއިނަރެކެވެ. ނަމަވެސް، ކަސްޓަމްސް އިން އެ ކޮންޓެއިނަރު ފާސްކުރިއިރު، ޑިކްލެއާ ނުކޮށް ހުރި ގިނަ އަދަދެއްގެ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު ފެނުނެވެ.

އެ ކޮންޓެއިނަރުން 368 ފޮށިގަނޑު ނުވަތަ 1،840،000 ސިނގިރޭޓު ސްޓިކް ފެނުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގަށް ނެސޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހަސަން ދީދީގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްކޭމްކޮށްގެން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ލ. ގަން ފުލުހުންގެ އެކޮމޮޑޭޝަން ރަސްމީކޮށް ހުޅުވައިފި

Q

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި