ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްފަހާނަށް ބަންކަރ ބަސްޓަރ ބޮންތައް އަޅާ ވީޑިއޯ ޓްރަމްޕް ޕޯސްޓްކުރުމުން އީރާނު އެމްބަސީން ވަރަށް ބޮޑަށް ފާޑުކިޔައިފި

އެމެރިކާ ސިފައިން ރޭގައި އިސްފަހާނަށް ބަންކަރ ބަސްޓަރ ބޮންއަޅަނީ:

އެމެރިކާ ސިފައިން އީރާނުގެ އިސްފަހާނަށް ބަންކަރ ބަސްޓަރ ބޮންތައް ނުވަތަ ބިންގަނޑު ތޮރުފައިގެން ފުނަށްވަދެ ގޮއްވާލައިގެން ހަމަލާދޭ ބާވަތުގެ ބޮންތައް އަޅާ މަންޒަރުގެ ވީޑިއޯ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ޝެއަރކުރުމުން ޒިމްބާބުވޭގައި ހުންނަ އީރާނު އެމްބަސީން ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އިސްފަހާނަށް ބޮންއަޅަމުންދިޔަ ވަގުތު ބޮޑު ސަރަހައްދެއް ގޮވައި މާސިންގާ އަލިފާންގަނޑެއް ޖައްވުގެ ތެރެއަށް އަރައިގެންދާ މަންޒަރު ފެންނަ ވީޑިއޯ، ސޯޝަލް މީޑިއާގައި ޕޯސްޓްކުރިއިރު، އެ ވީޑިއޯއާއެކު ޓްރަމްޕް އެއްވެސް އެއްޗެއް ލިޔެފައެއް ނުވެއެވެ. މެސެޖެއް ލިޔެފައި ނުވާތީ ގިނަ ބަޔަކު ބުނީ، މިއީ “އުފާފާޅުކުރުމުގެ” ނިޝާނެއް ކަމަށެވެ.

ޒިމްބާބުވޭގައި ހުންނަ އީރާނު އެމްބަސީން، ޓްރަމްޕްގެ ޕޯސްޓުގެ ސްކްރީންޝޮޓަކާއެކު އެކްސްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، އެމެރިކާގެ ރައީސްގެ މި އަމަލަކީ މާޔޫސްކަމުގެ އަމަލެއް ކަމަށެވެ.

ޓްރަމްޕްގެ އެ ޕޯސްޓުން މާނަކޮށްދެނީ ކޮން ކަންތައްތަކެއްތޯ، އެމްބަސީން ސުވާލުކޮށްފައި ވެއެވެ. ޓްރަމްޕް އެ ފާހަގަކުރަނީ މީހުން މެރުމާއި، ފަނާކުރުމާއި، ނަސްލުނައްތާލުމާއި، ހަނގުރާމައިގެ ޖަރީމާތަކާއި، މާރުކޭޓުތައް ގޮއްވާލުންތޯ، ސުވާލު ކޮށްފައި ވެއެވެ.

އެމެރިކާގެ މި އަމަލުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތީންގެ ދިރިއުޅުމުގެ ހާލަތަށް ކުރާނެ އަސަރުތައް ޓްރަމްޕަށް އެނގޭތޯވެސް، އެމްބަސީން ސުވާލު ކޮށްފައި ވެއެވެ.

އެމެރިކާ ސިފައިން އިސްފަހާނަށް އަޅާލި ބަންކަރ ބަސްޓަރ ކޮންމެ ބޮމެއްގެ ބަރުދަނަނީ 907 ކިލޯއެވެ. އިސްފަހާނަށް ވައްޓާލީ އޭގެ ކިތައް ބޮންކަމެއް އެމެރިކާ އަސްކަރިއްޔާއިން ހާމައެއް ނުކުރެއެވެ.

އެމެރިކާގެ މީޑިއާއަށް މައުލޫމާތު ދިން ސަރުކާރުގެ އޮފިޝަލަކު ބުނެފައިވަނީ، އެމެރިކާއިން ބޮންތައް އަޅާލީ އީރާނުން ބިމުއަޑީގައި ގޮވާތަކެއްތި ރައްކާކޮށްފައި ހުރި ތަނަކަށް ކަމަށެވެ. ބައެއް ރިޕޯޓްތައް ބުނަނީ އެއީ ބެލިސްޓިކް މިސައިލް ފޮރުވާފައި ހުރި ބިންގަރާހެއް ކަމަށެވެ.

ބަންކަރ ބަސްޓަރ ބޮންތައް ވައްޓާލުމުން މުޅި އެ ސަރަހައްދުގެ ބިމުއަޑިޔާއެކު ގޮވައި، ޖައްވުގެ ތެރެއަށް އޮރެންޖް ކުލައިގެ އަލިފާންގަނޑު އަރައިގެންދާ އުސްމިނާއި، އޭގެ ބައްޓަން މަޝްރޫމުގެ ބައްޓަމަށް ހުރުމުން އެ ތަނަކީ ޔޫރޭނިއަން ރައްކާކޮށްފައި ހުރި ތަނަކަށް ވެދާނޭ ކަމަށް، ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދެއެވެ. ނުވަތަ އެ ތަނަށް އެމެރިކާއިން އެޅީ ނިއުކްލިއަރ ޒާތުގެ ބޮންތަކެއް ކަމަށް ވެދާނޭ ކަމަށްވެސް ވާހަކަ ދައްކަމުން ގެންދެއެވެ.

އިސްފަހާނަކީ 2.3 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެއީ، އީރާނުގެ އެންމެ ގަދީމީ އެއް ރަށެވެ.

އިސްފަހާނަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މުހިންމު ސައިޓްތަކާއި، ސައިންސާއި ޓެކްނޯލޮޖީ އަދި އެކިއެކި މުހިންމު ސިނާއީ އެތައްކަމެއްވެސް ހިންގާ ރަށެކެވެ.

އެމެރިކާއިން ބަންކަރ ބަސްޓަރ ބޮން އެޅިއިރު، އިސްތިއުމާރީ އިސްރާއީލުން އިސްފަހާންގެ އެކި ހިސާބުތަކަށް ސަތޭކައަށްވުރެ ގިނަ ޓެރަރިސްޓު ހަމަލާ ދީފައި ވެއެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ހުރިހާ ތަފްސީލެއް އީރާނުން އަދި ހާމައެއް ނުކުރެއެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނުގައި ގެންދަނީ ކަނޑައެޅިގެން ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްފަހާން މަތިން އުދުހުނު އެމެރިކާގެ ދެ ޑްރޯން އީރާނުން ވައްޓާލައިފި

ނިއުކްލިއަރ ހުރިހާ ސާމާނެއް އެމެރިކާއާ ހަވާލުނުކޮށްފިނަމަ އީރާނު ގައުމެއްގެގޮތުގައި ނޯންނާނެ: ޓްރަމްޕް

ދުޝްމަނުންގެ ލޯތަކުން ވޭނުގެ އަސަރު ފެންނަންދެން، ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާނު އެއަރފޯސް ކޮމާންޑަރު

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި