ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި

Oo

ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން އިއްޔެ ފާހަގަކޮށްފިއެވެ.

ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާޗު 2016 ގައެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި ސައުދިއާގެ ފްލައިޓް، SV838 ގެ ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި އެ އެއާލައިނުން އިއްޔެ ފުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.

ސައުދިއާ އިން ރާއްޖެއަށް ފާއިތުވި 10 އަހަރު ދަތުރު ކޮއްފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެން ވަނީ ގޮސްފައެވެ.

ސަރުކާރުން އަންނަނީ ރާއްޖެއަށް އިތުރު އެއާލައިންތަކެއް ދަތުރުކުރެވޭނެ ގޮތްތައް ފަހިކުރުމަށް ބޭރުގެ އެކި އެއާލައިންތަކާއެކު މަޝްވަރާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު