ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްފަހާން މަތިން އުދުހުނު އެމެރިކާގެ ދެ ޑްރޯން އީރާނުން ވައްޓާލައިފި

އެމްކިޔޫ-9 ރީޕަރ މަރުކާގެ ޑްރޯން

އިސްފަހާން މަތިން އުދުހުނު އެމެރިކާގެ ދެ ޑްރޯން ވައްޓާލައިފި ކަމަށް، އީރާނުގެ އިންގިލާބީ ލަޝްކަރުން އިއުލާން ކޮށްފިއެވެ.

އީރާނުން ވައްޓާލާފައިވަނީ އެމެރިކާގެ އަސްކަރިއްޔާގައި ބޭނުންކުރާ އެމްކިޔޫ-9 ރީޕަރ މަރުކާގެ ދެ ޑްރޯންއެވެ. މިއީ، މީހަކާ ނުލައި އުދުހޭ އަދި އެމެރިކާއިން ގެންގުޅޭ އެންމެ އަގުބޮޑު ޑްރޯންތަކެވެ.

އެމެރިކާ ސިފައިން މި ބާވަތުގެ ޑްރޯންތައް އީރާނުގެ މަތީގައި އުދުއްސަނީ ހަމަލާދޭނޭ ތަންތަން ދެނެގަނެ، އީރާނަށް ފާރަލުމަށެވެ.

އައިއާރްޖީސީން ބުނެފައިވަނީ، އެމެރިކާގެ ޑެ ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ އެޑްވާންސްޑް އެއަރ ޑިފެންސް ސިސްޓަމްތަކުން ހަމަލާދީގެން ކަމަށެވެ. އެމެރިކާގެ ދެ ޑްރޯންއަށް އީރާނުން ހަމަލާދީ ވައްޓާލާފައިވަނީ ވޭތުވެދިޔަ ދެ ގަޑިއިރުގެ ތެރޭގައެވެ.

ޑްރޯންތަކަށް ހަމަލާދޭ މަންޒަރުގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އައިއާރްޖީސީގެ ބަޔާނަށް އެމެރިކާގެ އަސްކަރިއްޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެކި ރަށްތަކަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާ ދެކޮޅަށް އީރާނުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ގެންދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، އީރާނުގެ ވައިގެ ސަރަހައްދަށް ދުޝްމަނުންގެ ޖެޓުތަކާއި، ބޮންއަޅާ ބޯޓުތައް  ވަނުމާއެކު އެއަރ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްކޮށް، ދިފާއީ ހަމަލާތައް ދޭން ފަށައެވެ.

އީރާނުގެ އެއަރ ޑިފެންސުން ހަމަލާދީ އެމެރިކާގެ އެތައް ޖެޓެއް ވައްޓާލާފައި ވާއިރު، ރީޕަރ މަރުކާއާއި، އެހެން ބާވަތްތަކުގެ ޖާސޫސީ އެތައް ޑްރޯންއެއްވެސް ވައްޓާލާފައި ވެއެވެ.

އެފަދަ މަންޒަރުތައް ފެންނަ ވީޑިއޯ ހެކިތައް އީރާނުން އާންމު ކުރަމުން ގެންދިޔަ ނަމަވެސް، އެމެރިކާއިން އެކަމަށް އެއްބަހެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްފަހާނަށް ބަންކަރ ބަސްޓަރ ބޮންތައް އަޅާ ވީޑިއޯ ޓްރަމްޕް ޕޯސްޓްކުރުމުން އީރާނު އެމްބަސީން ވަރަށް ބޮޑަށް ފާޑުކިޔައިފި

ނިއުކްލިއަރ ހުރިހާ ސާމާނެއް އެމެރިކާއާ ހަވާލުނުކޮށްފިނަމަ އީރާނު ގައުމެއްގެގޮތުގައި ނޯންނާނެ: ޓްރަމްޕް

ދުޝްމަނުންގެ ލޯތަކުން ވޭނުގެ އަސަރު ފެންނަންދެން، ވޭންދެނިވި ހަމަލާތަކެއް ދޭނަން: އީރާނު އެއަރފޯސް ކޮމާންޑަރު

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި