ހުޅުމާލޭގެ ފޭސް 1 ގައި ގާއިމްކޮށްފައިވާ ފްލެޓުތައް ސާފުކުރުމާއި މެއިންޓެނެންސްގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
މި މަޝްރޫއަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ފްލެޓުތަކުގެ މާހައުލަކީ ސާފުތާހިރު އަދި ރައްކާތެރި ތަނަކަށް ހެދުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
އެޗްޑީސީން ބުނީ، ފްލެޓުތަކުގެ ބެލެހެއްޓުމުގެ ކަންކަން ރަސްމީކޮށް އެ ކުންފުންޏާ ހަވާލުކުރުމަކީ މި މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ.
މި މަސައްކަތުގެ ދަށުން ފްލެޓުތަކުގެ އާންމު ސަރަހައްދުތައް ސާފުކުރުމާއި، އިމާރާތްތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމުގެ އިތުރުން، މެއިންޓެނެންސްއާ ގުޅުންހުރި އެކި މަސައްކަތްތައް ކުރިއަށްދާނެއެވެ.
މިއީ ހުޅުމާލޭގައި އެންމެ ފުރަތަމަ އިމާރާތްކުރި ފްލެޓްތަކުގެ ތެރޭގައި ހިމެނޭ ފްލެޓްތަކެކެވެ.
ކިޔުންތެރިންގެ ހިޔާލު