ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހާއްސަ އެހީއަށް ބޭނުންވާ 6 އަހަރުގެ ކުއްޖަކު މަރުވި މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ

Ui

ހާއްސައެހީއަށް ބޭނުންވާ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލް ނިޔާވި މައްސަލަ ބަލަމުންދާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ސްޕޭސްޓިކް ކުއަޑްރިޕްލެޖިކް ސެލެބްރަލް ޕަލްސީ ހުންނަ ހަ އަހަރުގެ އިބްރާހިމް އަޒާން ސުހެއިލަށް އެންސްޕާ މެދުވެރިކޮށް ހޯދުމަށް އެދުނު ފީޑިން ޓިއުބެއް 8 މަސްވިއިރު ވެސް ނުލިބުނު ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަ ފެތުރެމުންނެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މ. ޗީޒް އިބްރާހިމް އަޒާން ސުހައިލް ކެއިންބުއިމަށް ބޭނުންވާ ފީޑިން ޓިއުބެއް ބޭނުންވާ މުއްދަތަށް ނުލިބިގެން އެކުއްޖާގެ މަންމަ އާމިނަތު ޔަޝްފާ މި މަހުގެ 16 ވަނަ ދުވަހުގައި މީސްމީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އެކަން ކޮމިޝަނުގެ ސަމާލުކަމަށް އައުމާއެކު 17 ވަނަ ދުވަހު ތަހުގީގެއް ފަށާފައިވާނެ ކަމަށެވެ.

އެ ތަހުގީގުގައި ބަލަމުން ދަނީ ދިވެހި ރައްޔިތަކަށް ދައުލަތުގެ އެހީތެރިކަމެއް ބޭނުންވާ ނިޒާމުގެ ތެރެއިން ލަސްވުމެއްނެތި އެހީތެރިކަން ލިބޭނޭގޮތް ގާއިމްވެފައި އޮތްތޯކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ހައްގާއި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމުގެ ހައްގާއި ކުޑަކުދިންނާއި ޅަފުރާގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސަ ރައްކާތެރިކަމުގެ ހައްގު ގާނޫނުއަސާސީއިން ތަސައްވުރު ކުރާ މިންވަރަށް ދައުލަތުގެ ފަރާތުން ކަށަވަރުކޮށްދީފައިއޮތްތޯ ބަލާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މީގެއިތުރުން ރައްޔިތަކު އެހީތެރިކަމަކަށް އެދޭ ހިނދު އެކަމެއްގެ މުއާލާތް ކެނޑުމުގެކުރިން އެކަމެއް ހައްލުކުރެވޭނެ އިޖުރާއަތެއް ދައުލަތުގެ ފަރާތުން ގާއިމްކުރައްވާފައިއޮތްތޯ ނުވަތަ ނޫންތޯ އެ ތަހުގީގުގެ ތެރެއިން ބަލާނެކަމުގެ ޔަގީންކަން އެ ކޮމިޝަނުން ދެއެވެ.

އެ ކޮމިޝަނުން ބުނީ އެ މައްސަލަ ތަހުގީގުކުރުމަށްފަހު އިސްލާހުކުރަންޖެހޭ ކަންކަން އެކަމެއް ރައްދުވާ ދައުލަތުގެ އިދާރާއެއްގެ މައްޗަށް ލާޒިމުކޮށް އަންގާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ދޭ ލަފަޔާއި ހުށަހެޅުންތައް ތަންފީޒުކުރަމުން ގެންދާ މިންވަރު ބަލަމުން ގެންދާނެ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބާރަށު ރިންގްރޯޑާއި މުރައިދޫގެ މަގުތައް ހަދަން ހަވާލުކޮށްފި

Minister Thoriq ibrahim

އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ސޯލާ ސިޓީ މަސައްކަތް ދެ އަހަރުން ނިންމާލެވޭނެ

police

ރިސޯޓެއްގެ ޕޫލަކަށް ވެއްޓި ދެ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

Mussss

އެމްޑީޕީގެ ކެންޑިޑޭޓް ސިބާއަށް އަނިޔާއެއް ނުކުރޭ، ފުލުހުން ހަގީގަތް ހާމަކޮށްފި