ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވީ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމު މިހާރު އަދާކުރައްވަމުން ގެންދަވާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ކަމަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ރިޓަޔާކުރެއްވުމުންނެވެ.
ފުލުހުންގެ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވީ ފަރުހާދު ފިކުރީއެވެ.
ޕޮލިސް ކޮމިޝަރަނު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ޕޮލިސް ބޯޓުން އިންޓަވިއުކުރައްވާނެއެވެ. އެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކިޔުންތެރިންގެ ހިޔާލު