ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނަގަން އީރާނުން ތައްޔާރުވަނީ

ދުނިޔޭގެ ކަނޑުދަތުރުފަތުރުގެ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން މަސައްކަތް ފަށައިފިއެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޅިން އަލަށް އެކުލަވާލާ މި ގާނޫނުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގެ މައްޗަށް އީރާނަށް އޮތް ސިޔާދަތީ ބާރާއި ކޮންޓްރޯލް ރަސްމީކޮށް ކަށަވަރުކުރުމެވެ. އަދި އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ފީ ނަގައިގެން ދައުލަތަށް އާމްދަނީ ހޯދޭނެ ނިޒާމެއް ގާއިމުކުރުމަށް އެ ގައުމުގެ މަޖިލީހުގެ މެންބަރުން ދަނީ ހުށަހެޅުމެއް ތައްޔާރުކުރަމުންނެވެ.

މި އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައިމިވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް މަހެއްހާ ދުވަސް ވެފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލުމަށް ބޭނުންކުރާ މި މުހިންމު ކަނޑުއޮޅީގެ ބޮޑު ބައެއް މިހާރު އޮތީ ތެޔޮ ޓޭންކަރުތަކަށް ދަތުރުނުކުރެވޭ ގޮތަށް ބަންދުވެފައެވެ.

ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އައިސްފައިވާ މި ބަދަލާއެކު، ގަލްފުގެ ގައުމުތަކުގެ ތެޔޮ އުފެއްދުމާއި ސާފުކުރުމުގެ ސިނާއަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލެން ފަށާފައެވެ. އެގޮތުން، ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 114 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި

police

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

Iu

މޫސާ އަލީ ޖަލީލަށް ވޯޓުދެއްވުމަށް ގާސިމް އެދިވަޑައިގެންފި