ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެދަށުން، އެއްގަމު ތޮށީގެ މަސައްކަތްތައް ފަށައިފިއެވެ. މިމަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން ވިދާޅުވީ މަގުގެ މަސައްކަތުގައި އެންމެ ފުރަތަމަ ފަށާފައިވަނީ މިހާރު އޮތް އެއްގަމު ތޮށީގެ ކޮންކްރީޓް ތަޅާލާ، ނެގުމުގެ މަސައްކަތްކަމަށެވެ. މިމަސައްކަތް މިވަގުތު ކުރަމުންދަނީ ހެންވޭރު ފެރީ ޓާމިނަލާއި އިންވެގެން އޮންނަ ޖެޓީ ސަރަޙައްދުގައެވެ. އެސަރަޙައްދުގައި މަސްވެރިންގެ ޕާކާ ހަމައަށް، ދޯނިތައް ކައިރިކުރާ ހުރަސް ތޮށި ހިމެނޭހެން މަރާމާތު ކުރެއެވެ. މިއާއެކީގައި، މަގު ފުޅާ ކުރާ ސަރަޙައްދާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތްތައްވެސް އެކު އެކީގައި ވަނީފަށާފައެވެ. ގާތްގަނޑަކަށް 2-3 މީޓަރު މަގުން ފުޅާކުރާނެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ ގޮތުގައި މަސައްކަތް ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާއި ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ. މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އާކޮށް، ތަރައްޤީކުރެއެވެ.

އެމްޓީސީސީން ވިދާޅުވީ މަގުގެ މި ސަރަޙައްދު ފަރުމާކޮށްފައިވަނީވެސް، މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށްކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.

އެމްޓީސީސީން ވިދާޅުވީ މަގުގެ މި ސަރަޙައްދު ފަރުމާކޮށްފައިވަނީވެސް، މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށްކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.

މަގުގައި ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެ ސަރަޙައްދު ތަރައްޤީކުރި ނަމަވެސް، މަސްވެރިންގެ ޕާކު ހިމެނޭ ސަރަޙައްދަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނާނެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ

taxi

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

ޓެކްސީލައިންއަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދަނީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހަދަން ފަށާތީ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި