ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާފް ފުޓުބޯޅަ މުބާރާތުގައި ބޫޓާނާ އެއްވަރުވެ ރާއްޖެއަށް އަމިއްލަ ބާރު ގެއްލިއްޖެ

football under 20 team

މާލޭގައި ކުރިއަށްދާ ސާފްގެ 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި މިރޭ 0-0 ގެ ނަތީޖާއަކުން ބޫޓާނާ އެއްވަރުވެއްޖެއެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ރާއްޖެއާއި ބޫޓާނަށްވެސް އޮތީ މޮޅެއް މަޖުބޫރުވެފައެވެ. އެއީ ފުރަތަމަ ކުޅުނު މެޗުތަކުން ދެޓީމުވެސް ބަލިވެފައި އޮތުމުންނެވެ. ރާއްޖޭން ދެ ގޯލްގެ ލީޑެއް ގެއްލުވާލައި ސްރީ ލަންކާ ކައިރިން 3-2 އިން ބަލިވެފައި އޮތް އިރު، ބޫޓާންގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 2-1 އިން ނޭޕާލް ކައިރިން ބަލިވެފައެވެ.

މިރޭގެ ނަތީޖާއާއެކު ނޭޕާލަށް ސެމީ ފައިނަލް ޔަގީންވީ ދެމެޗުން ދެ މޮޅާއެކުގައެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ނޭޕާލް ވަނީ 1-0 އިން ސްރީ ލަންކާ ބަލިކޮށްފައެވެ.

ގްރޫޕްގެ ފަހު މެޗުތައް ހުކުރު ދުވަހު ކުޅޭ އިރު، ހަވީރު ކުޅޭ މެޗުގައި ރާއްޖޭން ކުޅޭނީ ނޭޕާލާ ދެކޮޅަށެވެ. އެރޭ ސްރީ ލަންކާއާއި ބޫޓާނުން ވާދަކުރާ އިރު، ރާއްޖޭން ސެމީގެ ޖާގައެއް ހޯދާނަމަ، ނޭޕާލް އަތުން މޮޅުވުމަށް ފަހު، ޖެެހޭނީ ސްރީ ލަންކާއާއި ބޫޓާން މެޗުގެ ނަތީޖާ އަކަށް އިންތިޒާރުކުރާށެވެ.

ފުރަތަމަ 11 އަށް ބައެއް ބަދަލުތަކާއެކު ރާއްޖޭން މިރޭގެ މެޗަށް ނުކުތް އިރު، ޝިއު އަހުމަދު ޝިހާމް، މުހައްމަދު ނައިސަމް ނަދީމް އަދި އައިދު މުހައްމަދު ޖަވީޒު މެޗު ފަށާފައިވެއެވެ.

ފުރަތަމަ ކޮޅުގައި ބޫޓާނުން އަވަސް ގޭމެއް ފެނިގެން ދިޔަ އިރު، ރާއްޖޭގެ ފަހަތަށް ގިނަ ބޯޅަތަކެއްގައި ބާރު ބޮޑުކޮށްފައިވެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ފަހަތުން ރަނގަޅަށް އެ ބޯޅަތައް ސާފުކޮށް، ނަތީޖާ ހިފަހައްޓާފައިވެއެވެ.

ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާނަށް ރަނގަޅު ފުރުސަތެއް ލިބިފައިވާ އިރު، އޭރިއާ ތެރެއިން ނައްސާހު އިބްރާހިމް ނާސިރު ތަނަވަސްކޮށްދިން ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފައެވެ.

އޭގެފަހުން އީތަން އިބްރާހީމް ޒަކީއާއި އިލާންގެ އިތުރު ހަމަލާތައް ފެނުނު ނަމަވެސް، ރާއްޖެއަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފަށް ޔޫސުފް އަޔާން އާމިރު ކުޅެން ނުކުމެފައިވާ އިރު، ދެވަނަ ހާފުގައި އޭނާއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އެ ފުރުސަތު ތަނަވަސްވީ އަހުޒަމް ރަޝީދު (އަހު) ތަނަވަސްކުރަން މަސައްކަތް ކުރި ފުރުސަތެއްގައެވެ.

މެޗު ނިމެން ދަނިކޮށް ބޫޓާނުން ނުރައްކާ ބޮޑުކުރި އިރު، 88 ވަނަ މިނިޓްގައި ސޯނަމް ޑޯޖީ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Media commission

ހަނގުރާމައާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި

Shareef bml ceo

ބީއެމްއެލްގެ ފުލެޓުތަކުގެ ކުލި 10,000 ރުފިޔާގައި ހިފެހެއްޓޭނެ ކަމަށް ލަފާކޮށްފި

IMG

ރައީސް މުއިއްޒަށް ހުށަހަޅަން ޚަރަދު ކުޑަކުރުމުގެ ޕްލޭނެއް ތައްޔާރުކުރަނީ

minister ihsaan

ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްގެންދަން މަގުފަހިކޮށްދޭން ޖެހޭ: އިހްސާން