ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާރުތައް ރާއްޖެ ގެންނަން ފަށައިފި، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ މަހު ފަށަނީ

Oo

އަންނަ މަހުގެ ދެވަނަ ދުވަހު ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން ނިންމައިފިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ.

އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީއަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާ އިލެކްޓްރިކް ކާރުތަކުގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެމްޓީސީސީން ބުނީ އެ ޝިޕްމެންޓުގައި ހިމެނެނީ 60 ކާރު ކަމަށާއި އެއީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެއް ކަމަށާއި، ކާރުގެ މޮޑެލްއަކީ އެސް، ސުމެއް، ފަހެއް ކަމަށެވެ.

ކާރުގެ ދެވަނަ ޝިޕްމެންޓް ރާއްޖެ އަންނާނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށާއި، ދެވަނަ ޝިޕްމެންޓުގައި ހިމެނެނީ 90 ކާރުކަމަށް އެމްޓީސީސީން ބުންޏެވެ. އެއީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެއް ކަމަށާއި، ކާރުގެ މޮޑެލްއަކީ ލުމިން އަދި އެސް، ސުމެއް، ހަތެއްކަމަށް އެމްޓީސީސީން ބުންޏެވެ.

“ހުރިހާ ކާރުތަކެއް ރާއްޖެ އައުމާއެކު ޖުމްލަ 150 ކާރައިއެކު ފުލް ސްކޭލްގައި ހިދުމަތް ފެށިގެންދާނެ، މާލެ ޓެކްސީ ލައިން ތައާރަފުކޮށް ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ 02 އެޕްރީލް 2016” އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ ޓެކްސީ ހިދުމަތް ފޯރުކޮށްދޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

taxi

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655

ޓެކްސީލައިންއަށް ޑްރައިވަރުން ހޯދަން މާދަމާ ވޯކް-އިން-އިންޓަރވިއުއެއް ކުރިއަށްގެންދަނީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހަދަން ފަށާތީ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

Oo

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިމޭނެ: އެމްޓީސީސީ