ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުއްޝަކޫރު ނިޔާވެއްޖެ

Shukoor

ދިވެހި ފުލުހުންގެ ޚިދުމަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، އެ ޚިދުމަތުގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރައްވާފައިވާ ޢަބްދުއްޝަކޫރު ޢަބްދުﷲ މިއަދު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ މިއަދު ހެނދުނު 10:15 ހާއިރު އިންޑިޔާގައެވެ.

ޢަބްދުއްޝަކޫރަކީ މޯލްޑިވްސް ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެންއެސްއެސް) ގައިވެސް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތާއި ސިފައިންގެ ޚިދުމަތް ވަކި މުއައްސަސާ ތަކެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، 2004 ވަނަ އަހަރުން ފެށިގެން އޭނާ ޚިދުމަތް ކުރައްވަމުން ގެންދެވީ ފުލުހުންގެ މުއައްސަސާގައެވެ.

ޖުމްލަ 43 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވާފައިވާ ޢަބްދުއްޝަކޫރު ވަނީ އެ މުއައްސަސާގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އޭނާގެ އިޚްލާޞްތެރި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އަރުއްވާފައެވެ.

ޢަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަމުގެ ހިތާމައިގައި ބައިވެރިވެ، އޭނާގެ އާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

kulli khabaru

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

IMG 7176 1140x570

ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެހި ޒުވާނަކު މަރުވެއްޖެ