ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދައްޗެއް ނެތްކަމުގެ ޔަގީންކަން ސައީދު ދެއްވައިފި

IMG

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ބޭނުންވާ ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ ހަނގުރާމައިގެ ދަނޑިވަޅުގައި، އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި އޮމާން ފަދަ ގައުމުތަކުން ކުރިން ނުގެންނަ ވަރަށް ބައެއް މުދާ، އަމިއްލަ ވިޔަފާރިތަކުން ގެންނަ ކަމަށެވެ.

މީގެއިތުރުން ބޭނުން ކޮންމެ ވަގުތަކު ކާބޯތަކެއްޗާއި އެކި ވައްތަރުގެ މުދާ ޗައިނާއިން ފަސޭހަކަމާއެކު ލިބޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

“މީގެ ކުރިން އަޅުގަނޑުމެން މަސައްކަތްނުކުރާ ބައެއް މާކެޓުތަކާ އެއްކޮށް ވެސް އެބަ ކުރަން، މިސާލަކަށް އެފްރިކާގެ ޚާއްސަކޮށް ބައެއް ގައުމުތަކާއެކު ވެސް ކަންކަމުގައި ކުރިއަށްދާން އެބަ މަސައްކަތްކުރަން،” ސައީދު ވިދާޅުވިއެވެ.

ތައިލޭންޑަކީ ވެސް ގިނަ އަދަދަކަށް ރާއްޖެއަށް މުދާ ގެންނަ ގައުމެއްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ގާތް ގުޅުން އޮތް ގައުމުތަކުން އޮތީ ރާއްޖެއަށް ފަހިގޮތްތަކެއް މަގުފަހިކުރަން ތައްޔާރަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި