ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްޤީކުރުމަށް ޙަވާލުކޮށްފި

ގއ. ވިލިނގިލީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސޮލެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ.

ވިލިނގިލީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީގެ ކެމްޕަހަކީ މުޅި ރާއްޖެއަށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދީ ފުޅާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ކެމްޕަސް ތަރައްޤީ ކުރުމުގެ އިތުރުން ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކެއްވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސިޔާސަތުގެ ދަށުން މިހާރުވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީ ކުރުމަށް ކުންފުނިތަކާ ހަވާލުކޮށް ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްވެސް ފަށާފައެވެ. މި ތަންތަން ތަރައްޤީކުރަނީ ދަރިވަރުންނަށް ކްލާސްތައް ހިންގުމަށް އެކި ކްލާސްރޫމްތަކާއި އެ ކެމްޕަސްތަކުގައި ތިބެގެން ކިޔެވޭނެ ގޮތަށް ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކްތަކާއެކުގައެވެ.

މިއީ މަތީ ތަޢުލީމު ޙާސިލުކުރުމަށް މާލެއަށް ބަރޯސާވުމަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރުމުންދާ މަސައްކަތްތަކެކެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މިފަދަ ގިނަ ތަންތަން ނިމި މަތީ ތަޢުލީމުގެ ފުރުސަތު އަތޮޅުތަކުގައި ފުޅާކުރެވިގެންދިޔުމެވެ. މީގެ ކުރިން އަތޮޅުތަކުގައި އެމްއެންޔޫގެ 4 ކެމްޕަސް ހުރިނަމަވެސް މިހާރު 26އަށްވުރެ ގިނަ މަޝްރޫޢުއެއް ކުރިއަށްގެންދިޔުމުގެ މަސައްކަތް އަދި އައިޔޫއެމްގެ 12އަށް ވުރެ ގިނަ މަޝްރޫއެއް ކުރިއަށްގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސަރުކާރުން ބެނުންވަނީ ރާއްޖޭގެ އެކި ކަންކޮޅޫތަކަށް މަތީތަޢުލީމްގެ ފުރުޞަތުތައް ފުޅާކޮށް އެކި ސަރަޙައްދުތަކުން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށްވާއިރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ލޭންގުއޭޖް ސްކޫލް ޤާއިމްކުރުމަށްވެސް ވަނީ ނިންމަވާފައެވެ. އެއާއެކު އެތަންތަނުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އެކި ބަސްތައް ދަސްކޮށްފައި ތިބި ޒުވާނުން އުފެއްދޭނެއެވެ. މި ލޭންގުއޭޖް ސްކޫލްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީއާއި ލ. ފޮނަދޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big YlERbzxqbKSdBD8sxp7Z47qVC

އެމްއެންޔޫއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އޭސީސީއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއް

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

Izaam

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން