ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ޖޫން މަހު ހަވާލުކުރަން ފަށާނެ: ރައީސް

Oo

ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް އަންނަމަހަށް ނިންމައި، ޖޫންމަހު ގޯތި ދޫކުރަން ފެށޭނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ.

ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރުކާރުން ހިއްކަން ފެށީ އެ ފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާކަމަށެވެ. މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު އޭޕްރިލް މަހު މަސައްކަތް އެއްކޮށް ނިމި، ސަވޭ ކޮށް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ހުޅުމާލެ ފޭސް ތިނެއް ވެސް ހިއްކައި އެތަނުން ދޫކޮށްފައިވާ ގޯތިތައް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށްފައެވެ.

މަސައްކަތް އަވަސްކުރުމަށްޓަކައި ގިރާވަރުފަޅު މިހާރު ހިއްކަމުންދަނީ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމާ ގުޅިގެން އެފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރު ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

މުޖްތަމަޢުގައި ޑައުން ސިންޑްރޯމްގެ ހުންނަ ފަރާތްކަށް ހެޔޮކޮށް ހިތުމަކީ އިންސާނަކަށްވީތީ އުފުލަންޖެހޭ މަސްއޫލިއްޔަތެއް: ރައީސް

456388 868bab6b a

ސަލްޓަން ޕާކް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

417829 ba65c4da c

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ރައީސް ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް