ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ތާއީދުކުރަން ނިންމައިފިއެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، މިގޮތަށް ނިންމީ ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
މި ބަދަލަށް އަދާލަތުގެ އިތުރުން ޕީއެންސީ، އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީންވެސް ވަނީ ތާއީދުކޮށްފައެވެ. ޕީއެންސީން ދެކޭގޮތުގައި މިއީ އިންތިހާބުތަކަށް ދައުލަތުން ކުރާ ހަރަދު ކުޑަކޮށް، ގައުމަށް ސިޔާސީ ހަމަޖެހުން ގެނުވާނެ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު