ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަލްފްގެ ގައުމުތަކަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ އީރާނު ހުއްޓުވަން ބާރުގެ ބޭނުން ކުރަންޖެހިދާނެ: ސައުދީ އަރަބިއްޔާ

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން

ގަލްފްގެ ގައުމުތަކަށް އީރާނުން ދެމުންގެންދާ ހަމަލާތައް ނުހުއްޓައިފިނަމަ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން  ޖެހިދާނޭކަމުގެ އިންޒާރު ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ދެއްވައިފިއެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ބޭއްވި އަރަބި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވީ، ގައުމުތައް ދިފާއުކުރުމަށާއި، ވަސީލަތްތައް ދިފާއުކުރަން ނިންމަންޖެހޭ ނިންމުންތައް ނިންމާނޭ ކަމަށާއި، އީރާނު ހުއްޓުވަން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އީރާނު ހުއްޓުވަން ސީޔާސީގޮތުންނާއި ސިޔާސީ ނޫން ގޮތްގޮތުން ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރުތައް އެބަހުރި ކަމަށެވެ. އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރުމުގެ ހައްގު ސައުދީއަށް ލިބިގެންވާ ކަމަށެވެ.

ސައުދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވީ، އީރާނުން ދެމުން ގެންދާ ހަމަލާތަކަށް އަސްކަރީ ގޮތުން ރައްދު ދިނުމުގެ ގާބިލްކަން ސައުދީ އަރަބިއްޔާއަށާއި، އެހެން ގައުމުތަކަށް ނެތްކަމަށް އީރާނަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

އީރާނާ އަސްކަރީގޮތުން ކުރިމަތިލުމުގެ ގާބިލްކަމާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ގަލްފްގެ ގައުމުތަކުގައި އެބަހުރި ކަމަށާއި، އީރާނުން އެމަގު ޚިޔާރު ކުރާނަމަ އޭގެ ގެއްލުން ލިބޭނީ އީރާނަށް ކަމަށް ޕްރިންސް ފައިސަލް ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވީ، ސައުދީ އަރަބިއްޔާއިން މިހާރު އީރާނަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމަށެވެ. ސައުދީ ދެ ރިފައިނަރީއަށް އީރާނުން ދިން ހަމަލާތަކާއެކު، ކުރިންއޮތް އިތުބާރުގެ ކުޑަ މިންވަރުވެސް މިހާރު ނެތިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

އީރާނުން ގަލްފްގެ ގައުމުތަކަށް ދެމުންގެންދާ ހަމަލާތައް ނުހުއްޓައިފިނަމަ، އީރާނާއެކު އަލުން ގާއިމްކުރާނެ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށާއި، ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މާލަމުގައިވެސް ރޫހު ހުރީ އެގޮތަށް ކަމަށް ޕްރިންސް ފައިސަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ