ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތީމުގައި ނުވަ ދުވަސްވީ ކުއްޖަކު މަރުވި މައްސަލައެއް ތަހުގީގުކުރަން ފަށައިފި

Oo

ހއ. އުތީމުގައި އުމުރުން ނުވަ ދުވަސްވީ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ތުއްތު ކުއްޖާ އުތީމު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހެނދުނު 10:07 އެހާކަންހާއިރު ސިއްހީ މަރުކަޒުން ކަމަށެވެ.

“ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން،” އޮފިޝަލް ވިދާޅުވިއެވެ.

ސީޓީ ސްކޭނެއް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެންދިޔުމަށްފަހު އަނބުރާ ވަނީ އުތީމަށް ގެންގޮސްފައެވެ. އެ ކުއްޖާ މިހާރު ވަނީ ވަޅުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

މިނިސްޓަރު އާދަމް ޝަރީފް އުތީމު ކައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފި