އިއްޒުއްދީން މަގުގައި ހުރި ގުދަނެއްގައި ރޯވެ ބޭނުންނުކުރެވޭވަރަށް އަނދައިފިއެވެ.
ފުލުހުން ބުނީ މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ރޯވެފައިވަނީ ގަސްކާނާ ރައްކާކުރާ ގުދަނެއްގައެވެ. އެތަނުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.
އެއީ އިންތިބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެކެވެ. އެހެންކަމުން މިވަގުތައް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް އިލެކްޝަނުން ބުންޏެވެ.
މިއަދު ވަނީ މާލޭގެ ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައި ވެސް ރޯވެ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ.
ކިޔުންތެރިންގެ ހިޔާލު