މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިރޭ އިއުލާނުކޮށްފިއެވެ.
އެ ވުޒާރާ އިން ބުނީ ރާއްޖެއާއި ޢަރަބި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު މިއަދު ނުފެންނާތީ، މި އަހަރު ފިތުރު ޢީދު ދުވަހަށް ވާނީ މި މާޗު މަހުގެ 20 ވާ ހުކުރު ދުވަހަށް ކަމަށެވެ. އަދި، މާދަމާއަކީ މި ރޯދަމަހުގެ 30 ވަނަ ދުވަހެވެ.
މި ސަރުކާރުން ވަނީ ރޯދަމަހުގެ ފަހު 10 ސަރުކާރު ބަންދުކުކޮށްފައެވެ. ދެން ސަރުކާރު ހުޅުވޭނީ މި މަހުގެ 22 ވާ އާދިއްތަ ދުވަހުއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވާތީ ސަރުކާރުން މިފަހަރު ވަނީ ސިޓީތައް ފިޔަވައި އެހެން ރަށްތަކުގައި އީދު ބޮކި ނުދިއްލަން ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު