މަކަރާއި ހީލަތުން ފައިސާ ހޯދި ކަމަށް ތުހުމަތުކުރެވޭ މީހަކު އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވާން އާންމުކޮށް އަންގައި ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަމުން ދަނީ ވ. ރަކީދޫ، ނަރުގިސްވިލާ، އުމުރުން 40 އަހަރުގެ އިގްބާލެވެ.
އޭނާ ހޯދަމުން ދަނީ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޯދަން އިއުލާންކުރީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00އަށް ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް އިގްބާލް ހާޒިރުވާން ފުލުހުން ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު