ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތަކު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ 8 މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން 5 މީހަކު ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ ނިޔާވެފައެވެ. މީގެ އިތުރުން، އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ދެ މީހެއްގެ ހާލަށް އެއްވެސް ބަދަލެއް އައިސްފައިނުވާއިރު، އެ މީހުންގެ ހާލަތު އަދިވެސް ވަރަށް ސީރިއަސްކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، މި ހާދިސާގެ ސަބަބުން ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަނީ އާއިލާތަކަށް ހަމްދަރުދީ ފާޅުކުރައްވާފައެވެ. އަދި ޒަޚަމްވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މި އުނދަގޫ ދަނޑިވަޅުގައި ދިވެހިން ތިބީ ގެއްލުންވި އާއިލާތަކާއެކު ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މުޖުތަމަޢުގައި ބަންގްލަދޭޝް ރައްޔިތުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، މި މައްސަލަ ފުރިހަމައަށް ތަޙުޤީޤުކުރުމަށާއި، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް