ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

ހއ.އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޢަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ސަވާދެވެ.

އެމްޕީއެލްއިން ވިދާޅުވީ، ސަސް އީ ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭ މެރީނާއެއް ތަރައްޤީ ކުރެވޭނެ ކަމަށެވެ. މި މެރީނާއިން ޔޮޓު ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތައް ލިބޭނެ ކަމަށާއި، އަދި އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްވެސް މި މެރީނާއިން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

އެމްޕީއެލްއިން ދަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

އުލިގަމަކީ، ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރު ކުރާ މަންޒިލެކެވެ. ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ ޢަދަދެއްގެ ޔޮޓްތައް އެރަށަށް ބަނދަރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ފައިބައެވެ. ނަމަވެސް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެރަށަށް ފައިބާ ފަތުރުވެރިންނަށް ޚިދުމަތްދޭނެ ތަންތަން ރަށުގައި ޤާއިމްވެފައި ނެތުމެވެ. އުލިގަމަށް ޚާއްޞަ އިޤްތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްޤީކޮށް މި ޚިދުމަތް ފުޅާކޮށް، އިޤްތިސާދީ ނަފާ ހޯދުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ.

އުލިގަމުގައި ޔޮޓް މެރީނާ ތަރައްޤީ ކުރުމަށް ވަކިން ޚާއްޞަ ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި މޫދުގައި އަޅާ ފްލޯޓިން ޕްލެޓް ފޯމް 3 މީޓަރު ފުޅާވާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިސަރަޙައްދަށް ކައިރި ކުރެވޭނީ، 12 މީޓަރާއި 15 މީޓަރުގެ ދިގު އުޅަނދުފަހަރަށް ކަމަށްވެސް އެމްޕިއެލްއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި