ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ދެމެދުގެ ސަރަހައްދު ހުރި ކަނޑު އުޅަނދުތައް ނަގަން އަންގައިފި

Iu

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާތީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ދެމެދުގެ ސަރަހައްދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަންދުކުރަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގައި އަޅާފައިވާ ކަނޑުއުޅަނދުތައް ނެގުމަށް އަންގާފައެވެ.

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަހައްދަކީ އާންމު ގޮތެއްގައި މާލެއިން އެއާޕޯޓަށް ދާ ފެރީތަކާއި، މާލެއާ ކައިރި ރަށްރަށަށް ދަތުރުކުރާ ފެރީތައް އަޅާފައި އޮންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ކަނޑުއުޅަނދުފަހަރު ވެސް ހަރަކާތްތެރިވެއެވެ.

ސިޓީ ކައުންސިލުން ބުނީ މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް އޮންނަ ސަރަހައްދު މިމަހުގެ 30ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެ ކަމަށެވެ. ފަސް ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަހައްދު އަންނަ އޭޕްރިލް މަހުގެ 17ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބަންދުވާނެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސް މާރުކޭޓާއި އެއް ނަންބަރު ފާލަމާ ދެމެދު އޮންނަ ސަރަހައްދުގެ މަގު ފުޅާކޮށް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހު މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ވަނީ ހުޅުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

male city

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި