އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް މިއަދު ފޮނުވާލަން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ “ދަ ބިޒްނަސް ސްޓެންޑާޑް”އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހުންކަމަށްވާ ސަފީގުލް އިސްލާމާއި، އެމްޑީ ސާދަރު އަލީގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ފޮނުވާލާނެއެވެ.
މި ދެ މީހުންގެ އިތުރުން، މި ހާދިސާގައި ދެން މަރުވީ ތާޖް އުދިން އިސްލާމާއި، އެމްޑީ ރޮބިން މޮއްލާއާއި، އެމްޑީ ނަބީސަރްކާރެވެ.
މި ހާދިސާގައި އަނިޔާވި އިތުރު ދެ މީހަކަށް އަންނަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ދެ މީހުންގެ ހާލު ވެސް ސީރިއަސްއެވެ.
މި ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ދިގުރަށުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު