ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 19:06 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ދާދި ފަހުން ވަނީ، ބުޅަލެއްގެ ކަރުގައި ވާގަނޑެއް އައްސައި، ދަމައިފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައެވެ.
ޖަނަވާރުންނަށް އަނިޔާކުރުމަކީ މާތްﷲ ވެސް ހަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި ރާއްޖޭގެ ގާނޫނުލް އުގޫބާތުގައިވާގޮތުން އެއީ ޖަލަށްލެވޭ ވަރުގެ ކުށެކެވެ.
ކިޔުންތެރިންގެ ހިޔާލު