ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ ދުވަހެއްގައި އިންތިޚާބު ބޭއްވުމަކީ ރާއްޖޭގައި ފެއިލްވެފައި އޮތް ނިޒާމެއްކަން ގަބޫލުކުރަން ޖެހޭ: ދިޔާނާ

Iu

ބަހާލައިގެން ދެ ދުވަހެއްގައި ބާއްވާ އިންތިޚާބުތަކަކީ ރާއްޖޭގައި ފެއިލްވެފައި އޮތް ނިޒާމެއްކަން ގަބޫލުކުރަން ޖެހޭކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދަށް ރައްދުދެއްވަމުން ދިޔާނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް މުހިންމީ ސަރުކާރު ޖަވާބުދާރި ކުރުވޭފަދަ މަޖިލީހެއް ލިބުންކަމަށެވެ.

މިހާރު އަމަލު ކުރަމުން މިދާ، ދެ އިންތިޚާބު ދެމެދުގައި ހަ މަސް އޮތް ސްޓެގަޑް އިންތިޚާބީ ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އެންމެ މަޖިލީހެއް ވެސް ވޭތުވެދިޔަ 15 ވަރަކަށް އަހަރު ލިބިފައިނުވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކަންއެހެންހުރުމުން އިންތިޚާބުތައް ބޭއްވޭނެ އެހެން ގޮތްތައް ހޯދުން ދައުލަތަށް ލާޒިމުވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެގޮތުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ޓެސްޓު ކުރުން މުހިންމު ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން، އިންތިޚާބުތައް ބޭއްވުމަށް ހިނގާ އިދާރީ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވި، ދައުލަތުގެ ވަސީލަތްތައް އިންތިޚާބު ކާމިޔާބުކުރުމުގެ ބޭނުމުގައި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތުވެސް ކުޑަވާނެކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށް ވިދާޅުވެ ހުސްނުއްސުއޫދު ވަނީ ދާދިފަހުން ވާހަކަދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު