ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރ. ވާދޫން ކަނޑުމައްޗަށް ނުކުމެއުޅުނު މީހަކު ގެއްލިގެން ހޯދަނީ

Oo

ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް މިރޭ ނުވައެއް ޖަހަން ކައިރިވެފައި ހުއްޓާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ވިންޑްސްޓާ، މުހައްމަދު އިގުބާލެވެ.

ފުލުހުން ބުނީ އޭނާ ކަނޑުމައްޗަށް ނުކުތީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށެވެ. އޭނާގެ އަތުގައި މޮބައިލް ފޯނެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ރިޕޯޓް ލިބުމާ އެކު، ކަމާ ބެހޭ ޑިޕާޓްމަންޓްތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު