ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ރެއިންބޯ ކޮންސްޓްރެކްޝަނާ ހަވާލުކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެޗްޑީސީން ބުނީ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރުކުރިއަށްދާކަމަށް އެޗްޑީސީން ބުންޏެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ވެންޗާ ކުންފުނި ކަމުގައިވާ ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ.

ނަމަވެސް އެކުންފުންޏަށް އެ މަސައްކަތް ނުކުރެވުމުން ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށްފައެވެ.

2022 ވަނަ އަހަރު ހަވާލުކުރި މި މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވަނީ 11 ފަންގިފިލާގެ 5 ޓަވަރެވެ. މި ހައުސިން ޔުނިޓްތަކުގައި ހިމެނެނީ ތިން ކޮޓަރީގެ ޔުނިޓްތަކެކެވެ. މީގެ ކުރިން ލަފާކޮށްފައިވާ ގޮތުން މި މަޝްރޫއުއަށް 443.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ސައިޓުގައި ފެށި ނަމަވެސް، މަސައްކަތް ހުއްޓުނުއިރު ނިމިފައިވަނީ ބައެއް ޓަވަރުތަކުގެ ފައުންޑޭޝަން މަސައްކަތާއި ބައެއް ޓަވަރުތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި

ދެވަނަ ފިޔަވަހީގެ ފުރަތަމަ އައުޓްޑޯ ޖިމް ހުޅުވައިފި

ދެވަނަ ފިޔަވަހީގެ ރޯދަ މާރުކޭޓު ހުޅުވަން ތައްޔާރުވެއްޖެ