މެދުއިރުމަތީގައި މިހާރު އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިފަހަރުގެ ފިތުރު އީދުގެ ދިއްލުންތައް ދިއްލާނީ ހަމައެކަނި ސިޓީތަކުގައި ކަމަށް ސަރުކާރުން ނިންމައިފިއެވެ.
ހަނގުރާމައާ ގުޅިގެން އެކުލަވައިިލައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީ ޗެއާކުރައްވާ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށް ނިންމީ ރަށްރަށުގައި އީދަށް ބޮކި ނުދިއްލައި، މާލޭ ހިމެނޭހެން ހުރިހާ ސިޓީތަކެއްގައި ދިއްލުންތައް ދިއްލަން ކަމަށެވެ.
އަދި ސިޓީތަކުގައި ވެސް ދިއްލުންތައް ހުރިހާ ސަރަހައްދެއްގައި ދިއްލުމުގެ ބަދަލުގައި ވަކި ސަރަހައްދުތަކެއްގައި ދިއްލަން ނިންމި ކަމަށް ޚަލީލް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު