ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެލައިޑުން ކުރިއަށްގެންދާ ޕްރޮމޯޝަނަކާ ގުޅުވައިގެން ސްކޭމް ހިންގަނީ

Oo

އެލައިޑް އިންޝުއަރަންސުން ކުރިއަށް ގެންދާ ޕްރޮމޯޝަނަކާ ގުޅުވައިގެން ސްކޭމް ކުރާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އެދެފިއެވެ.

އެލައިޑުން ވަނީ އިންސްޓަގްރާމްގައި “އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ”ގެ ނަމުގައި ގިވްއަވޭއެއް ފަށާފައެވެ.

އެ ޕްރޮމޯޝަނާ ގުޅުވައިގެން، ކަސްޓަމަރުންނަށް ގޫގުލް ފޯމެއް ފުރުމަށް އެދި މެސެޖު ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެލައިޑުން ބުންޏެވެ.

އެ ކުންފުނިން ބުނީ، ގޫގުލް ފޯމެއް ނުވަތަ ބޭރުގެ އެހެން ލިންކެއް މެދުވެރިކޮށް މައުލޫމާތު ހޯދުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާ ކަމަށާއި، ގިވްއަވޭގައި ބައިވެރިވުމަށް ނުރަސްމީ ލިންކުތަކެއް މެދުވެރިކޮށް  ފޮނުވާ މެސެޖުތަކަކީ އެލައިޑާ ގުޅުންހުރި މެސެޖުތަކެއް ނޫން ކަމަށެވެ.

“އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ”އާ ގުޅޭ ރަސްމީ ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާނީ ހަމައެކަނި އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ކަމަށާއި، އެހެން އެކައުންޓުތަކުން ފޮނުވާ އެއްވެސް ފޯމެއް ނުފުރުމަށާއި، އަމިއްލަ މައުލޫމާތެއް ހިއްސާނުކުރަން އެލައިޑުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު