ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރަން: ރައީސް

muiz

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޕީއެންސީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރައްވާ އުބައިދުﷲ ގެ ކެމްޕެއިންގެ ދޮރުންދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ހަރަކާތުގައި ވާހަކަފުޅު ދެއްކެވީ ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު އަހުމަދު ޣާލިބަށް އެ މަނިކުފާނުގެ ތާއީދު އޮތް ކަމަށް ވާހަކަ ދެކެވޭ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، “އެއީ ކަނޑައެޅިގެން ދޮގެއް” ކަމަށެވެ. މިނިވަން ކެންޑިޑޭޓަކަށް ވިޔަސް، އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވިޔަސް ތާއީދެއް ނޯންނާނެ ކަމަށާއި ތާއީދު އޮތީ ހަމައެކަނި ޕީއެންސީ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނަކީ ސިޔާސީ ޕާޓީގެ ނިޒާމު ޤަބޫލުފުޅުކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، ބޭނުންފުޅުވަނީ ޕީއެންސީ އަށް ކުރިއެރުން ލިބި، ޕާޓީގެ ކެންޑިޑޭޓުން ހޮވިވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ގެންދަވަނީ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕެއިނަށް، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، މާލޭގެ ދޮރުންދޮރަށް ހިންގަވަމުންނެވެ.​​​​​​​​​​​​​​​​

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް

ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ކަންކަން ކުރީ ގާނޫނު އަސާސީއާ ހިލާފަށް: ރައީސް

ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފި