ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ރަނގަޅު ގޮތަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން: ޝިހާބު

24

ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެކަމުން ނިކުންނާނީ ރަނގަޅު ނަތީޖާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދޭ “ހޭލުން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން .ޝިހާބު ވިދާޅުވީ، ތަޖުރިބާގެ އަލީގައި ގަބޫލުކުރައްވާގޮތުގައި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށެވެ.

ޝިހާބު ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވި ނަމަވެސް ގޮތް ނިންމުމުގެ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށެވެ. މި ފަހުގެ އިންތިޚާބުތަކުން ދައްކާގޮތުގައި ރިޔާސީ އިންތިޚާބަށްފަހު، ރައްޔިތުން އެއިރެއްގައި ހުންނަ ރައީސަކު ނިސްބަތްވާ ޕާޓީއަށް މަޖިލީހުގެ ބޮޑު މެޖޯރިޓީ ދޭ ކަމަށާއި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ ބަދަލުގައި ގާބިލު ބޭފުޅުން އިންތިޚާބުކުރަން ރައްޔިތުން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

“ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބާއި މަޖިލިސް އިންތިޚާބާ އެކުއެކީގައި ބާއްވައިފިއްޔާ އަޅުގަނޑު ދެކޭގޮތުގައި އެވަރަކަށް އެހެނެއް ނުދާނެ. އޭގެ ރަނގަޅު ނަތީޖާއެއް ނުކުންނާކަމަށް އަޅުގަނޑަށް ފެންނަނީ. ފްރީ އެންޑް ފެއާކޮށް ރައްޔިތުންގެ މަޖިލިސްގެ މެންބަރުންވެސް ވާދަކުރައްވާނީ ރައީސަކަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން ނޭނގި. އަނެއް ސިސްޓަމްގައި ވާގޮތަކީ އަޅުގަނޑުމެންނަށް އެނބައިނގޭ، ދިވެހި ރައްޔިތުންނަށްވެސް މިހާރު ވެރިއަކަށް ހުންނެވީ ކޮން ޕާޓީއެއްގެ ކޮން ބޭފުޅެއްކަން” މުޙައްމަދު ޝިހާބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ ރައްޔިތުންގެ ޝައުގުވެރިކަންވެސް ގެއްލޭނެ ކަމެއް ކަމަށާއި އެއް ދުވަހެއްގައި އިންތިޚާބުތައް ބާއްވާނަމަ ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު