އިސްލާމްދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ހޯދާ ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު, އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި އިސްލާމް ދީނަށް ފުރައްސަރަކޮށް، ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބޫރު އަރާ ފަދަ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކޮށް އާމިރުގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. ތަހުގީގަށް ހާޒިރުކުރަން އޭނާ ހޯދައި ނުފެނުމުން ފުލުސް އޮފީހަށް އޭނާ ހާޒިރުވާން އަންގައި އާންމުކޮށް ފުލުހުން އިއުލާންކުރިއެވެ.
އިއްޔެ 16:00އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ހާޒިރުވާން އިއުލާންކުރިނަމަވެސް އޭނާ ހާޒިރުވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީ ނައްތާލުމަށްވެސް އޭނާ ގޮވާލާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު